ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި އެވެ.

މިއަހަރު ނިމުމުން ފަނޑިޔާރުކަމުން ރިޓަޔާވުމަށް ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އޭނާއަށް ރިޓަޔާމެންޓް ދިނުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިގޮތެއް އަދި ނިންމާފައެއް ނުވެ އެވެ.

Ad
d

ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވަން ނިންމެވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.

ފަނޑިޔާރު އަލީ ރަޝީދަކީ 2007 ވަނަ އަހަރުން ފެށިގެން އެކި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ.

Ad
df

ކުރިން ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ވެސް ފަނޑިޔާރު އަލީ ރަޝީދެވެ. އަދި އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ ޔާމީނަށް ހުކުމްކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.