ރ. އުނގޫފާރު ނެރު ފައިކައްޓަށް ފޯސީ ނަމަކަށް ކިޔާ ބޯޓެއް އުރިއްޖެއެވެ.
ކައުންސިލްގެ ރައީސް މުޙައްމަދު ޙުސައިން މަނިކު "ތިލަދުން"އަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ، މާލެއިން އައިސް އުނގޫރާފަށް ވަތް ވަގުތުކަމަށެވެ. އަދި ބޯޓު އުރިފައިވަނީ ނެރުގެ ދެކުނު ފަރާތު ފައިކައްޓަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވަގުތަކީ ދިޔަވަރު ހިކެމުންދާ ވަގުތު ކަމުން ބޯޓު ބީހެމުންދާތީ، އިތުރަށް ބޯޓު ފުންކުރަން ދަތިވެފައިވާކަމަށް ވެސް ރައީސް، މުޙައްމަދު ޙުސައިން މަނިކު މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ، ރައްޔިތުން ނިކުމެ، ބޯޓު ފުންކުރުމުގެ މަސައްކަތާއި، ބޯޓުން މުދާ ބޭލުމަށްޓަކައި ޑިންގީތަކުގައްޔާއި ލޯންޗު ފަހަރުގައި ރައްޔިތުން އެހީތެރިވަމުންދާކަމަށެވެ.
" ވަރަށް ވިއްސާރަ ދުވަހެއް. ނަމަވެސް ރައްޔިތުން މަސައްކަތް ކުރަމުންދަނީ ސަތަރި އަޅައިގެން މުދާތައް ރައްކާތެރިކަމާއެކު ބޯޓުން ބޭލޭތޯ." އުނގޫފާރުގެ ރައްޔިތަކު މި ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.
އޭގެ އިތުރުން އޭނާ ބުނީ ފޯސީ ބޯޓަކީ އެ އަތޮޅުގެ ގިނަ ރަށްރަށަށް މާލެއިން މުދާ އުފުލާ ބޯޓެއްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!