ހދ. ހަނިމާދޫ ކައުންސިލްގެ ހުއްދަނެތި އެ ރަށުން ރުއްގަސް ބޭރުކުރުން އެ ކައުންސިލުން މަނާކޮއްފިއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް "ތިލަދުން"އަށް ވިދާޅުވީ، މިހާރު އެ ރަށު ބަނދަރުން ރުއްގަސް ބޭރު ކުރަމުން ދަނީީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތަށް ނޫންކަމަށެވެ.

Ad
rt

މީގެއިތުރުން ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެކަން މަނާ ކުރަން ޖެހުނީ، ރުއްގަސް ބޭރުކުރުމުގެ ތެރޭގައި ބަނދަރަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތީކަމަށެވެ.

އެ ރަށުން، ރުއްގަސް ބޭރުކުރާ ފަރާތްތަކުން ލޭންޑިންގ ކްރާފްޓްތަކަށް ރުއްގަސް ލޯޑުކުރުމަށްޓަކައި އެއްފަހަރާ އުޅަނދުތައް ބަނދަރުގައި ބޭއްވުމުގެ ސަބަބުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ލޯންޗުފަހަރަށާއި، ރަށުގެ އާންމު ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިލާންޖެހުމަކީ އެ ކައުންސިލްގެ ކަންބޮޑުވުމެއްކަމަށް ކައުންސިލުން ފާހަގަ ކޮއްފައިވެއެވެ.

ހަނިމާދޫ ކައުންސިލްގެ ހުއްދަނެތި އެ ރަށުން ރުއްގަސް ބޭރުކުރުން މަނާކޮށްފައި ވަނީ 15 ސެޕްޓަމްބަރ 2026 އިން ފެށިގެންނެވެ.