ހއ. އުލިގަމު ކައުންސިލާއި، މޯލްޑިވްސް ޕޮލީޓެކްނިކް އަދި އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕުރޮގުރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އުލިގަމު ކައުންސިލުން ބުނީ ''ހިތުގެ އަޑު'' ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މަހުގެ 14 އަދި 15 ގައި ކަމަށެވެ.

Ad
rt

ދާއިރާގެ ޢިލްމީ ބޭފުޅެއްކަމަށް ސުލްތާނާ ނަންގަވައިދެއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސެޝަންތަކަަށް ބަހާލައިގެންނެވެ. މިގޮތުން ސެޕްޓެމްބަރު 14 ވަނަ ދުހު އޮންނަ ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ފުރާވަރު ކުދިންނަށެވެ. މި ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެދުވަހުގެ ހެނދުނު 9:30 އިން 11:00 އަށެވެ.

މި ޕްރޮގްރާމްގެ ބާކީ ދެ ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުއެވެ. އެދުވަހު ހަވީރު 16:15 އިން 18:00 އަށް ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަން އަންހެންބޭފުޅުންނަށް ޚާއްޞަކޮށްފައިވާއިރު، އެރޭ 20:30 އިން 22:00 އަށް ކުރިއަށްގެންދާ ސެޝަން ޚާއްޞަކޮށްފައި ވަނީ ފިރިހެނުން ބޭފުޅުންނަށެވެ.

މީގެ އިތުރުން ވަކިވަކި ފަރުދުންނަށް ޚާއްޞަ 10 ސެޝަނެއް ސެޕްޓެމްބައި 15 ގައި އޮންނާނެއެވެ. މި ސެޝަންތަކުން ފުރުޞަތުދިނުމަށް ނިންމާފައި ވަނީ ނަން ނޯޓުކުރާ ތަރުތީބުންނެވެ.

މި ހުރިހާ ސެޝަނެއްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އެރަށު ދަރުބާރުގޭގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލިގަމު ކައުންސިލާއި، އެރަށު އަސާ ޖަމިއްޔާ ގުޅިގެން މިދިޔަ އޯގަސްޓް މަހު ވަނީ އެރަށުގައި ކާމިޔާބު ''ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯހެއް'' ވެސް ހިންގާފައެވެ.