ހދ. ނޮޅިވަރަންފަރު ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުންނަށް އަމާޒުކޮށްގެން، މޫދުގެ ރައްކާތެރިކަމާއި ގެނބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް ނޮޅިވަރަންފަރު ޕޮލިހުން ބާއްވައިފިއެވެ.
މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ 2 ސެޕްޓެންބަރު 2026 ވަނަ ދުވަހުއެވެ.
ނޮޅިވަރަންފަރު ޕޮލިހުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހޭލުންތެރިކުރުމުގެ ސެޝަންގައި އެ ސްކޫލުގެ ކަބް ސްކައުޓްގެ ޖުމުލަ 7 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
ހދ. ޕޮލިހުން ބުނިގޮތުގައި މި ސެޝަންގެ ތެރެއިން މޫދުގައި ދިމާވާ އެކިކަހަލަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދަރިވަރުންނަށް ވަނީ ތަފްސީލުކޮށް އުނގަންނައިދީފައެވެ. އެގޮތުން މޫދަށް އެރި އުޅުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަން ދަރިވަރުންނަށް ބުނެދީފަވެއެވެ.
މީގެ އިތުރުން، މޫދުގައި ގެނބޭ މީހުން ސަލާމަތްކުރާނެ ގޮތްތަކާއި، އެފަދަ ހާލަތްތަކުގައި ބޭނުންކުރާނެ ސަލާމަތްކުރުމުގެ ޢަމަލީ އުކުޅުތައްވެސް ވަނީ ދަރިވަރުންނަށް ދަސްކޮށްދީފައެވެ. މި ސެޝަންގައި ދަރިވަރުންނަށް މޫދުގެ ނުރައްކާތަކުން ސަލާމަތްވުމުގެ އަމަލީ ތަމްރީނުތައް ވެސް ވަނީ އުނގަންނައިދީފައެވެ.
ހދ. ޕޮލިހުން ބުނީ، މޫދުގެ ރައްކާތެރިކަމާއި ގެނބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ބޭއްވި މި ސެޝަންގައި، މޫދުގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި ސަލާމަތްކުރުމުގެ ޢަމަލީ އުކުޅުތައް ދަރިވަރުންނަށް އުނގަންނައިދެވިފައިވާ ކަމަށެވެ.
މި ފަދަ ފައިދާކުރަނިވި، ތަފާތުު ތަމްރީނުތައް ދަސްކޮށްދިނުމުގައި، ހދ، އަތޮޅު ޕޮލިހުންގެ އެހީތެރިކަމާއި، އެއްބާރުލުން، އެ އަތޮޅުގެ ސްކޫލްތަކަށް ލިބެމުންދާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!