ށ. ކަނޑިތީމުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ކޯސް ކުރިޔަށް ގެންދިޔުމަށް ނިންމައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮތް މެރިޓައިމްސް ސްޓަޒީސް ގުޅިގެންނެވެ.
17 ސެޕްޓެމްބަރ އިން 19 ސެޕްޓެމްބަރގެ ނިޔަލަށް ކުރިއަށް ދާ މި ކޯހުގެ ފީގެ އަގަކީ 1،300 ރުފިޔާއެވެ.
މި ކޯހުގައި ބައިވެރިވުމަށް، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2026ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، ކައުންސިލްގެ ޓެލެގްރާމް ނަންބަރު 7640041 އަށް ފޮނުވައިދެއްވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
މީގެއިތުރުން، ކަނޑިތީމު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވާ ލިންކް މެދުވެރިކޮށް މި ކޯހަށް ވަނުމަށް އެދޭ ފޯމު ލިބެން ހުންނާނެކަމަށާއި، މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9113993 ނަންބަރު ފޯނަށް ގުޅުއްވައިގެން ކުރިއަށްގެންދިޔުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!