ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026" ހއ. އާއި ހދ. އަތޮޅުގެ 10 ރަށަކުން ބައިވެރިވެއްޖެއެވެ.

ނިޔާ އެކަޑެމީގެ ރައީސް، އަޙްމަދު ނިޔާޒް "ތިލަދުން"އަށް ވިދާޅުވީ 35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮއްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ 35 އަހަރުން މަތީގެ ފަރާތްތައް ކުޅިވަރަށް އަޙުލުވެރިކުރުވާ، ކަސްރަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު އެ ފަރާތްތަކަށް ތަނަވަސްކޮއްދިނުންކަމުގައެވެ. މި މުބާރާތް ކުރިއަށް ދާނީ، 04 ސެޕްޓެމްބަރ 2026 އިން 18 ސެޕްޓެމްބަރ 2026އަށެވެ.

Ad
rt

މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.

އެއީ:

  • ހދ.ހަނިމާދޫ
  • ހއ.ވަށަފަރު
  • ހދ.ނޮޅިވަރަމް
  • ހއ.ދިއްދޫ
  • ހދ.ފިނޭ
  • ހއ.މުރައިދޫ
  • ކުޅުދުއްފުށި ސިޓީ
  • ހއ.ކެލާ
  • ހއ.ފިއްލަދޫ
  • ހއ.ބާރަށް

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 5000ރުފިޔާގެ ފައިސާގެ އިނާމެވެ.