ހއ. ފިއްލަދޫގައި ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައި ފިއްލަދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް 5000 އަކަފޫޓްގެ 4 ބިން އެރަށުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

Ad
rt

މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ފިއްލަދޫގެ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުންނެވެ.

ފިއްލަދޫ ކައުންސިލުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ވިހި އަހަރު ދުވަހުގެ މުއްދަތަށެވެ.

ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް (ޕޯލްޓަރީ ފާރމް ތަރައްޤީކުރުމަށް) ބިން ދޫކުރުމުގެ އުޞޫލް ފިއްލަދޫ ކައުންސިލްގެ ޢިއުލާނާއެކު އާއްމުކޮށްފައިވާއިރު، މިއުޞޫލްގައި ޕްރޮޕޯޒަލްތައް އިވެލިއުޓޭކުރެވޭނެ މިންގަނޑުތައް ވަނީ ހިމަނާފައެވެ.

މި ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހު 13:00 އާއި ހަމައަށް ފިއްލަދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ފިއްލަދޫ ކައުންސިލް އިދާރާގެ ނަމްބަރ 6500023 އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.