ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) ހޯދަން އަމުރުނެރެފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ކަމަށްވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް، އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއަކާއި ބޯޅައެއް ހަދިޔާކޮށް، އެ ގައުމުގެ ރައީސް ހާވިއަރ މިލެއިގެ ހާއްސަ އޯޑިއޯ މެސެޖެއް އަރުވައިފިއެވެ.
އިސްރާއީލްގެ ބޮޑު ވަޒީރުގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނަތަންޔާހޫ ވަނީ އާޖެންޓީނާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެބައި ޝިމޮން އެކްސެލް ވަހްނިޝްއާ ގުދުސްގައި ހުންނަ އޭނާގެ އޮފީހުގައި ބައްދަލުކުރައްވާފައިކަމަށެވެ. މި ބައްދަލުކުރެއްވުމުގައި، ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާގެ ގައުމީ ޓީމަށް ބޮޑު ކާމިޔާބީއަކަށް އެދޭކަން ނަތަންޔާހޫ ހާމަކުރިކަން އޭނާގެ އޮފީހުން ބުންޏެވެ.
އާޖެންޓީނާގެ ސަފީރު ވަހްނިޝް ވަނީ އާޖެންޓީނާގެ ރައީސް ހާވިއަރ މިލެއިގެ ފަރާތްޕުޅުން ނަތަންޔާހޫއަށް ފޮނުއްވި އޯޑިއޯ މެސެޖެއް މި ބައްދަލުވުމުގެ ތެރެއިން ހަވާލުކުރައްވާފައެވެ.
''ކަލެއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް، އަބަދުވެސް އަހަރެމެންނަށް ތާއީދުކުރާ މީހެއް. އަހަރެންގެ ސަބަބުން ކަލޭ އާޖެންޓީނާއަށް ސަޕޯޓްކުރައްވާކަން އެނގުމުން ވަރަށް ބޮޑަށް އުފާވެއްޖެ،" އެ މެސެޖުގައި މިލެއި ވިދާޅުވެފައިވަވެއެވެ.
Prime Minister Benjamin Netanyahu met in his office with the Ambassador of Argentina to Israel, Rabbi Shimon Axel Wahnish, and wished great success to the Argentine national team in the World Cup final taking place tomorrow.
Ambassador Wahnish presented the Prime Minister with… pic.twitter.com/2x3pYAxA9b
— Prime Minister of Israel (@IsraeliPM) July 18, 2026
މިލެއިގެ މެސެޖަށް ޖަވާބު ދެމުން ނަތަންޔާހޫ ބުނެފައި ވަނީ، ހާވިއަރ އަކީ އިޚްލާޞްތެރި، ގާތް އެކުވެރިއެއް ކަމަށާއި އާޖެންޓީނާއަށް އޭނާ ތަފާތު އެކި ގޮތްގޮތުން ތާއީދުކުރާ ކަމަށެވެ.
"ހާވިއަރ، ކަލެއަކީ އިޚްލާޞްތެރި، ގާތް އެކުވެރިއެއް. ކަލެއަކީ ވަރަށް ރަނގަޅު ރަހުމަތްތެރިއެއް. އަހަރެން ކަލެއަށާއި އާޖެންޓީނާއަށް ތަފާތު އެކި ގޮތްގޮތުން ތާއީދުކުރަން، އޭގެ ތެރޭގައި މާދަމާގެ މެޗުވެސް ހިމެނޭ. ކާމިޔާބަށް އެދެން!" ނަތަންޔާހޫ ބުނެފަވެއެވެ.
ވޯލްޑް ކަޕް ފައިނަލްގެ އެއް ދުވަސް ކުރިން ނަތަންޔާހޫ އާޖެންޓީނާގެ ޓީމަށް ފާޅުގައި ތާއީދުކޮށް ވާހަކަދައްކާފައިވާއިރު، އޭނާއަކީ ގާޒާގައި ހިންގަމުންދާ އަމަލުތަކާ ގުޅިގެން ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުން ކަނޑައަޅާފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!