ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއި އެރަށު އެފް.އާރު.ސީ ގުޅިގެން ބާއްވާ "ކަނބަލުންގެ ބަށިމުބާރާތް 2026" މިއަދު ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު، މުބާރާތުގެ ފުރަތަމަ މެޗުގެ ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad
d

މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ފިއްލަދޫ ސިއްހީ މަރުކަޒުގެ ޓީމާއި ފިއްލަދޫ ކައުންސިލްގެ ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު ކާމިޔާބުކުރީ ފިއްލަދޫ ސިއްހީ މަރުކަޒުގެ ޓީމުންނެވެ. އެ ޓީމުން މެޗު ކާމިޔާބުކުރީ 14 ލަނޑު 11 ފޯލިންނެވެ.

ފިއްލަދޫ ކަނބަލުންގެ ބަށި މުބާރާތުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ ފަޒްލާ، ފޮޓޯ: ފިއްލަދޫ ކައުންސިލް

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިއްހީ މަރުކަޒު ޓީމުގެ ބިބް ނަންބަރު 10، އާއިޝަތު ފަޒްލާ އެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފިއްލަދޫ ކަނބަލުންގެ ބަށި މުބާރާތް ފެށުން، ފޮޓޯ: ފިއްލަދޫ ކައުންސިލް

މި މުބާރާތުގައި ޖުމްލަ ތިން ޓީމަކުން ވާދަކުރެއެވެ. އެއީ ފިއްލަދޫ ކައުންސިލް، ފިއްލަދޫ ހެލްތް ސެންޓަރ އަދި ކްލަބް ވިންގްސް އެވެ.

Ad
df

މި ޓީމުތަކުގެ މެދުގައި ކުޅެވޭ ފޯރިގަދަ މެޗުތަކަށްފަހު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 11 ވާ ދުވަހުގެ ހަވީރު 16:15 ގައެވެ.