ހދ. ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫޢަކީ އެ ސިޓީގެ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިބްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލާއި އެ ކުންފުންޏާ ދެމެދު ވަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މިއުޒިއަމް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 13 މެއި 2026 ގައެވެ. މި މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ 69 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢަށް ޖުމްލަ 756,000.00ރ (ހަތް ލައްކަ ފަންސާސް ހަ ހާސް ރުފިޔާ) ޚަރަދުވާނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެއެވެ.

މި މިއުޒިއަމް ވެގެންދާނީ ކުޅުދުއްފުށީގެ މުއްސަނދި ތާރީޚާއި އާސާރީ ކަންކަން އެއްތަނަކުން ފެންނަން ހުންނާނެ މުހިންމު މަރުކަޒަކަށެވެ.