މަޤާމަށްޓަކައި ދީން ވިއްކާ ނުލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައިފިއެވެ.
ދީނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ދިފާއުކޮށް ހެދުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫން. މަގާމައްޓަކައި ދީން ވިއްކާ ނުލާށެވެ!
އިބްރާހިމް ރަޝީދު އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި އިތުރަށް ބުނެފައިވެއެވެ.
އިބްރާހިމް ރަޝީދު ވަނީ ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ގެންނަ ފަރާތްތަކުން އެކަން ނުކުރުމަށްވެސް މީގެ ދެދުވަސް ކުރިން ގޮވާލާފައެވެ.
މިހެން ގޮވާލާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާތީ އެމިނިސްޓްރީއިން އެމައްސަލަ ބަލަމުންދާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ދިވެހިންގެ ދީނަކީ އިސްލާމް ދީން. ދިވެހިން ނޫޅޭ އިސްލާމް ދީން ނޫން އެހެން ދީނެއް ބޭނުން ވެގެންނެއް
މިސަރުކާރުން އިސްލާމީ މަރުކަޒުގެ އިމާމް ކަމަށް ކަނޑައަޅުއްވާފައިވާ ރަޝީދު ބުނެފައި ވެއެވެ.
އިބްރާހިމް ރަޝީދަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!