އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ތިލަދުންގެ ފަރާތުން ކެންޑިޑޭޓުން އިސްތިހާރުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

“ތިލަދުން” ގައި އިސްތިހާރު ކުރެއްވުމަށް ހާއްސަ އަގުތަކެއް ހަމަޖައްސާފައިވާއިރު ކައުންސިލް އިންތިޚާބާއި ގުޅިގެން “ތިލަދުން”އިން ކެނޑިޑޭޓުންގެ ޕްރޮފައިލް ގައި ހިމަނަން ވަނީ ފަށާފައެވެ.

Ad
rt

ޕްރޮފައިލްގައި ހިމެނޭނެ ބައިތައް:

  1. ފުރިހަމަ ނަމާއި އެޑްރެސް
  2. ކެނޑިޑޭޓްގެ ފޮޓޯ
  3. ކުރިމަތިލާ ހައިސިއްޔަތު (ޕާޓީ، އަމިއްލަ ގޮތުން)
  4. ކެނޑިޑޭޓް ނަންބަރު
  5. ކެނޑިޑޭޓްގެ ފޭސްބުކް އަދި ޓުވިޓަރ ލިންކް

ޕްރޮފައިލްގެ ތަފްސީލްގައި ހިމެނޭނެ ބައިތައް:

  1. ތަފްސީލް ތަޢާރަފް (ބޭނުންވާ ސުރުހީއެއް ޖެއްސެވުމަށްފަހު ސިޔާސަތު، ތަސައްވަރު ވަޢުދެއް، މެސެޖް ކެނޑިޑޭޓުގެ ބަސްކޮޅެއް ހިމެނިދާނެއެވެ)
  2. ކެނޑިޑޭޓްގެ ފޭސްބުކް ފީޑް
  3. ޓުވިޓަރ ފީޑް
  4. ކެންޕެއިން ޕޯސްޓަރ
  5. ޕާޓީގެ ތަސައްވަރު
  6. ކެނޑިޑޭޓްގެ ޚަބަރުތައް

މިތިން އަތޮޅުގެ ކޮންމެ ކެންޑިޑޭޓަކަށް ވަކި ޕްރޮފައިލެއް ތައްޔާރު ކޮށްދޭއިރު އެ ޕޭޖުގައި ކެންޑިޑޭޓް ބޭނުންވާ މައުލޫމާތުތައް ހިމަނައި ދޭނެ އެވެ. އެ ގޮތުން ކެންޑިޑޭޓްގެ ވަނަވަރާއި ވައުދުތަކާއި ފޮޓޯ އަދި ވީޑިއޯ ވެސް ޕޭޖްގައި ހިމަނައި ދޭނެ އެވެ. މިޕޭޖު ހިމެނޭނީ ހއ، ހދ އަދި ށ އަތޮޅުތައް ވަކިން އަދި ކޮންމެ ރަށަކަށް ކުރިމަތިލާ ކެނޑިޑޭޓުން ފެންނަހެން ނެވެ. މިއަތޮޅުތަކުގެ އިތުރުން އެހެން އަތޮޅުތަކަށް ކުރިމަތިލާ ފަރާތްތަކަށްވެސް އިސްތިހާރު ޖެހުމުގެ ފުރުޞަތު އޮންނާނެއެވެ.

ކައުންސިލް އިންތިހާބަށް ތިލަދުންއިން ތައްޔާރު ކޮށްފައިވާ ހާއްސަ ޕޭޖްގައި ވެސް ކެންޑިޑޭޓަށް އިސްތިހާރު ކުރެވޭނެ އެވެ. އެހެންނަމަވެސް އެއީ "އެޑްއޮން" އެއްގެ ގޮތުގައި އިތުރަށް ފައިސާ ދައްކާ ގޮތަށެވެ. އެ ޕޭޖަކީ ކައުންސިލް އިންތިޚާބާއި ގުޅޭ ހަބަރުތަކާއި މަޢުލޫމާތު އަދި ނަތީޖާ އެއް ތަނަކުން ފެންނާނެ ޕޭޖެކެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން އިސްތިހާރު ކުރައްވަން ބޭނުންފުޅުވާނަމަ އަދި އެބޭފުޅުންގެ ޕްރޮފައިލް، ރިޕޯޓް ކައުންސިލް އިންތިޚާބަށް ހާއްސަކުރެވިފައިވާ ޕޭޖުގައި ހިމަނަން ބޭނުންފުޅުވާނަމަ 7948777 ނަމްބަރުއަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އިސްތިހާރު ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން ފޮޓޯއާއި ޕްރޮފައިލާއި މަޢުލޫމާތުތައް މިނޫހުގެ info@thiladhun.com މެއިލް އެޑްރެހަށް އީމެއިލް ކޮށްދެއްވުން ނުވަތަ ގޫގުލް ފޯމްސްގައި ތައްޔާރުކުރެވިފައިވާ ފޯމް މެދުވެރިކޮން ހިއްސާކޮށްދިނުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށާއި އިސްތިހާރު ކުރުމަށް 7948777 ނަމްބަރު ފޯނާއި ގުޅުމުން އިސްތިހާރުކުރުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ.

ގޫގުލް ފޯމް ގޫގުލް ފޯމް ފުރުއްވުމަށް ޖީމެއިލްއަކުން ލޮގްއިން ވާން ޖެހޭނެއެވެ.