ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ)ގެ ފަރާތުން އެ ސިޓީގެ ''ބޮޑަވަކި އަތިރި'' ރަސްމީކޮށް ހުޅުވާލައިފިއެވެ.
ހޯމަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ބޮޑަވަކި އަތިރި ރަސްމީކޮށް ހުޅުވައިދީފައި ވަނީ ވެސް ކުޅުދުއްފުށި ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނެވެ.
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ސިޓީގެ ި ބޮޑަވަކި އަތިރީގައި ވަރަށް ޗާލު ބީޗު ހަޓުތަކެއް ހަދައިދީފައެވެ. އަދި އެތަނުގައި ޖޯލިތައް ވެސް ބަހައްޓާފަވެއެވެ.
ކުޅުދުއްފުށި ސިޓީގެ ޑަބްސލިއުޑީސީން އެ ސިޓީގެ ބޮޑަވަކި އަތިރި ތަރައްގީކޮށް ހުޅުވުން، ފޮޓޯ: ކުޅުދުއްފުށި ސިޓީގެ ޑަބްސލިއުޑީސީ
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެ ސިޓީގެ ބޮޑަވަކި އަތިރީގައި ޖުމްލަ ފަސް ބީޗު ހަޓް ހަދައިދީފަވެއެވެ. އެ ހަޓްތައް ފަނުން ހިޔާކޮށްފައިވާއިރު، ކޮންމެ ހަޓެއްގައި ވެސް ބެންޗުތައް ބަހައްޓާފަވެއެވެ.
ކުޅުދުއްފުށި ސިޓީގެ ޑަބްސލިއުޑީސީން އެ ސިޓީގެ ބޮޑަވަކި އަތިރި ތަރައްގީކޮށްފައި، ފޮޓޯ: ކުޅުދުއްފުށި ސިޓީގެ ޑަބްސލިއުޑީސީ
މީގެ އިތުރުން އެ ކޮމެޓީން ވަނީ ސިޓީގ އެކި ސަރަހައްދުތަކުގައި އެ ކޮމެޓީގެ ފަރާތުން ޖޯލި ބަހައްޓައިދީފައެވެ. އަދު އެ ކޮމެޓީން ވަނީ މިދިޔަ އަހަރުވެސް ސިޓީގެ އެކި ހިސާބުގައި ޖޯލިތައް ބެހެއްޓުމުގެ މަސައްކަތްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!