ވެރިރަށް މާލޭގައި ދެބެންގެ ދެމެދުގައި މާރާމާރީއެއް ހިނގައި ތޫނުއެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލުމުން ފަރުވާދެމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނީ، މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 18:42 އެހާއިރުކަމަށެވެ.

Ad
rt

މި ހާދިސާގައި އެކަކަށް އަނިޔާވެ، އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.