މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކާއި އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އިނާމު 32 ފަރާތަކަށް ރޭ ދީފިއެވެ.
ރ. ދުވާފަރުގައި ރޭ ކުރިއަށް ދިޔަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމްތައް ދީފައިވާއިރު، ރޭ އިނާމް ދިން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 2023 ވަނަ އަހަރު އިނާމު ލިބޭ 18 ފަރާތާއި، 2024 ވަނަ އަހަރު އިނާމު ލިބޭ 14 ފަރާތެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވި މި ޖަލްސާގައި ގ.ފިޔާތޮށިގޭ އަލްމަރްޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ) އަށް ވަނީ މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އިނާމު ދެއްވާފައެވެ.
2023 ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލިބުނު 18 ފަރާތް
- މެރިކަލްޗަރގެ ދާއިރާއިން އަގުހުރި ދިރާސާތަކެއް ކުރައްވާފައިވާތީ: ޙަސަން ޝަކީލް، ހދ. ވައިކަރަދޫ، ބްރީޒްވިލާ
- ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު - ޝަމްޢޫން މުޙައްމަދު، ގއ. ވިލިނގިލީ، ރޭނިސް
- ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު - ޢަބްދުﷲ ޔަމާން، ލ. ގަން ތުނޑި، ގުރުވަ
- ޚިދުމަތްތެރި ފަރުމަސްވެރިޔާ - ޞަފައިރު ލުޠުފީ، ފ. ބިލެތްދޫ، ސަންޓާނާ
- އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި - ގދ. މަޑަވެލި ޓީ.އެސް. ލައިން
- ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި - ގއ. ނިލަންދޫ ހަނދުވަރީ
- ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި - ސަފީނާ، ކ. މާލެ
- އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި - އއ. ރަސްދޫ ޒޫމް ފިޝަރ
- ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި - ބ. ތުޅާދޫ، ހައިސަމް ދޯނި
- ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި - އދ. މަހިބަދޫ އަސުރުމާ - 3
- އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި - މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
- އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި - ބިގް ފިޝް މޯލްޑިވްސް
- އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި - ސީޕާޓްނަރސް މޯލްޑިވްސް
- އަގު އެއްކޮށް، އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
- މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ: ޒަހިއްޔާ މުޙައްމަދު، އއ. އުކުޅަސް މުރީދުގޭ
- މަހުގެ އުފެއްދުންތައް އުފެއްދުމުގެ ދާއިރާއިން އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޝަރީފާ އިދުރީސް، ބ. ތުޅާދޫ އާލިޔާމަންޒިލް،
- މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނައުމުގައި އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޔަންމާ
- މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާފައިވާތީ: ޖަޕާނު ސަރުކާރު
2024ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލުބުނު 13 ފަރާތް
- ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު: މުޙައްމަދު އަނީސް، ފެންފިޔާޒުގެ، ގއ. ދެއްވަދޫ
- ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު: މުޙައްމަދު އަފްރާޚް، ހެޕީލައިފް، ރ. ދުވާފަރު
- ޚިދުމަތްތެރި ފަރު މަސްވެރިޔާ: އާދަމް ޙަސަން، ޕެރިސް، އދ. މަހިބަދޫ
- އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ސ. ހިތަދޫ، މަހާ ވިދުވަރު
- ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ގދ. މަޑަވެލި ޓީ.އެސް.ލައިން
- ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ސ. މަރަދޫ ކޮންކޯޑު-2
- އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. އޮމަދޫ ޖަވާހިރު
- ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އއ. ރަސްދޫ ޒޫމް ފިޝަރ
- ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. މަހިބަދޫ އަސުރުމާ - 3
- އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
- އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި: އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
- އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި: ސީޕާޓްނަރސް މޯލްޑިވްސް
- އަގު އެއްކޮށް، މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، ދިވެހިރާއްޖެއިން އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް
ދުވާފަރުގައި އިއްޔެ ފާހަގަކޮށްފައި ވަނީ، 45 ވަނަ މަސްވެރިންގެ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!