މިއަދު މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި މިހާތަނަށް 6 މީހަކު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހަ މީހުންގެ ތެރޭގައި ހިމެނެނީ 4 ފިރިހެނުންނާއި ދިވެއްސެކެވެ.
މިހާދިސާގައި ގެއްލުނު މީހާ ކޮޅުވެއްޓި ތެރެއިން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ މިއަދު މެންދުރު ފަހު 15:44 ހާއިރުކަމަށް އެ އިދާރާއިން ބުންޏެވެ. އަދި މެރިން ޕޮލިހުން އަންނަނީ މިހާދިސާ އާއި ގުޅޭ އޮޕަރޭޝަންގައި ބައިވެރިވަމުންނެވެ.
މިހާދިސާގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަކަމަށް ސިފައިން ބުނީ 4:39 ގައެވެ.
ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ ކޮޅުވެއްޓީގައި 14 މީހުން ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެންމެން ވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!