8 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ކ.ފުށިދިއްގަރު ފަރަށް އަރައިފި އެވެ.
މެރިން ޕޮލިސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ރޭ ދަނވަރު 00:45 ހާއިރު އެވެ. މި ހާދިސާގައި ލޯންޗުގައި ދަތުރުކުރި 8 ފަސިންޖަރުން ވަނީ ސަލާމަތްކުރެވިފައެވެ.
މި ހާދިސާގައި 2 މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ލޯންޗް ފަރަށް އެރުމާ ގުޅިގެން އުޅަނދުގައި ތިބި ފަސިންޖަރުން ވަނީ ސަލާމަތްތެރިކަމާއެކު މާލެ ގެނެވިފައެވެ.

މި ވަގުތު އުޅަނދު ފުންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!