ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) އިންތިޒާމުކޮށްގެން، ބޭއްވި "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ސެޕްޓެމްބަރ މަހު 8 އިން 9 އަކަސް ބޭއްވި ދެދުވަހުގެ މި ޕްރޮގްރާމަކީ ކޭއާރުއެޗުގެ 'ހިއުމަން ރިސޯސް މެނޭޖްމަންޓް' މުވައްވަފުންނަށް އިންތިޒާމްކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.
ކޭއާރުއެޗުން މައުލޫމާތުދިން ގޮތުގައި މި ޕްރޮގްރާމުގައި މުޅި ޖުމްލަ 22 މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމަކީ، ހިއުމަން ރިސޯސް (HR) ގެ މަސައްކަތްތަކާއި އިދާރީ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ހާއްސަކޮށްގެން ހިންގުނު ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ކޭއާރުއެޗުން ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކާއި،ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!