ހއ. އިހަވަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތް މަޑު ޖައްސައި ލާފައިވާކަމަށް އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން އާއްމު ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ، އެރަށުން ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރުމުގެ މަސައްކަތް މަޑުޖައްސާާފައިވާ ކަމަށެވެ. މިގޮތަށް މަޑުޖައްސައިލީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާހާއި ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން ބިން ދިނުމާއި ގުޅޭ އެންމެހާ މުޢާމަލާތުތައް ހުއްޓާލުމަށް އެ އޮތޯރިޓީއިން އަންގާފައިވާތީކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ.

Ad
rt

މިގޮތުން އެ އިޞްލާހާއި ގުޅިގެން އެކުލަވާލަންޖެހޭ އުސޫލު އެ އޮތޯރިޓީއިން އެކުލަވާލުމުން، އެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެމަސައްކަތް ކުރިއަށްދާނެ ކަމުގައި އެ އިދާރާއިން ބުނެފައިވެއެވެ.

1600 އަކަ ފޫޓްގެ 150 ގޯއްޗަށް ކުރިމަތި ލުމަށް އިހަވަންދޫ ކައުންސިލުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވި އިރު ހުށަހަޅާފައިވަނީ 440 ފޯމެވެ.