ހއ. ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް ކެލާ ކައުންސިލުން އާންމުކޮށްފިއެވެ.
މިއީ ކެލާއިން ދަނޑުވެރިކަމަށް ބިން ދޫކުރާ ތިން ވަނަ ބުރެވެ. މި މުބުރުގައި ދޫކުރާ ބިންތަަކަށް ކުރިމަތިލުމަށް ކައުންސިލުން ހުޅުވާލީ 6 އޮގަސްޓު 2025 ގައެވެ.
މިގޮތުން ކެލާ ދެކުނުކޮޅު އަދި ތޮށިމަތި ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ތިން ވަނަ ބުރުގައި ދަނޑުބިމަށް އެދި ފޯމު ލުމަށް ހުޅުވާލި ފުރުސަތުގައި ފޯމުލާފައިވާ ފަރާތްތަކުގެ ލިސްޓް ކެލާ ކައުންސިލުން 21 އޯގަސްޓްގައި އާންމުކޮށްފައިވާއިރު، މިބުރުގައި 22 މީހަކު ވަނީ ބިން ހޯދުމަށް އެދި ފޯމު ހުށަހަޅާފައެވެ.
ދަނޑުބިންތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް އާންމުކުރުމަށްފަހު، މި ލިސްޓާއި މެދު އެއްވެސް ޝަކުވާއެއްވާނަމަ 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިއުމުން ނުވަތަ ކެލާ ކައުންސިލް އިދާރާގެ އީމެއިލް info@kelaa.gov.mv ، މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކެލާ އަކީ ބޮޑުތިލަދުންމަތީގައި ދަނޑުވެރިކަމަށް ފާހަގަކޮށްލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!