ހދ. ހަނިމާދޫ ފެން ޕުލާޓުގެ ސްޓޯރު ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހޭނެ ކަމަށް ހަނިމާދޫ ފެނަކަ ބުރާންޗުން މިއަދު ބުނެފިއެވެ.
އެ ބުރާންޗުގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ހަނިމާދޫ ބުރާންޗްގައި ފެނުގެ ޙިދުމަތް ފޯރުކޮއްދިނުމަށް ބޭނުންކުރަމުންދާ ފެން ޕުލާޓުން ފެން އުފައްދާ ވަރަށްވުރެން ގިނައިން ބޭނުން ކުއަންނަކަމަށެވެ. އެހެންވެ ސްޓޯރު ޓޭންކު ހުސްވާތީ ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހޭނެކަމަށް އެ ބްރާންޗުން ބުނެފަވެއެވެ.
'' 22-08-2025 ވަަނަ ދުވަހުން ފެށިގެން މިކަން ހައްލުވަންދެން މިގޮތަށް އަމަލަކުރަމުންދާނެ ކަމުގައި ދަންނަވަން، ފެނުގެ ޙިދުމަތް މެދުކެނޑުމުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށްއެދެން'' އެ ބްރާންޗުން ބުނެފަވެއެވެ.
ހަނިމާދޫގެ ފެނުގެ ނިޒާމު ބަލަހައްޓައި، ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!