ހއ. ކެލާގައި މި އަހަރު ޤައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރުމަށް ހަމަޖެހިއްޖެއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ޤައުމީ ފެންވަރުގައި މި އަހަރު އަޟްހާ އީދު ފާހަގަކުރާ ތިން ރަށެއް ވަނީ ހޮވާފައެވެ.
މި ވުޒާރާއިން ހާމަކުރި ގޮތުގައި ޤައުމީ ފެންވަރުގައި އީދު ފާހަގަކުރަން ރަށްތައް ހޮވީ ވަކި މިންގަނޑެއް ބަލައިިގެން، މި ހަރަކާތައް ޝައުގުވެރިކަން ފައުޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެންމެ ގިން ޕޮއިންޓު ލިބިފައިވާ ރަށްރަށެވެ.
އެގޮތުން އެންމެ މަތިން ޕޮއިންޓް ލިބުނު ރަށްތަކަކީ، ހއ، ކެލާ، ކ. ގުރައިދޫ އާއި ލ. ގަމެވެ.
ސަރުކާރުންގެ އަމާޒަކީ މި ފަދަ ކޮންމެ ކުލަގަދަ އީދަކީ އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވާ އާލާކުރެވޭނެ ދިވެހީންގެ މެދުގައި އެއްބައިވަންތަ ވިސްނުން ތަރައްޤީ ކުރާނެ އުފާވެރި އިހްތިފާލުތަކެއް ހެދުމެވެ.
އެހެންކަމުން، މި އަހަރު އަޟްހާ އީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވާ ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް ވިލަރެސްކުރުމުގައި މި މިންގަނޑުތަކަށް ބަލާނެ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!