ކުޅުދުއްފުށީ ސިޓީގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޕިކަޕެއް ދުއްވި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާ ގުޅިގެންނެވެ.

Ad
rt

މި ވީޑިއޯގައި ފެންނަނީ ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސްއެއްގައި ޖެހޭ މަންޒަރުކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން އެ ޕިކަޕް ޓޯވ ކޮށްފައިވާ ކަމަށާއި، މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޤާނޫނީ އުމުރު ހަމަނުވާ ކުދިން އުޅަނދު ދުއްވުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ. މިފަދަ ޢަމަލުތަކުން ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުޞަތު ބޮޑުވެއެވެ.