ރާއްޖޭގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓަކުން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ސްރީލަންކާގެ ފަސް މީހުންގެ ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަން ހާމަކޮށް ފުލުހުން ވަނީ އެ ފަސް މީހުންގެ ވަނަވަރު ވެސް މިއަދު ހާމަކޮށްފައެވެ.
މި ފަސް މީހުންނަކީ،
- ރާޖްޕަކްސަ ގެމަގޭ ދެނޫޝަ މަޑުމަލް، 21 އަހަރު
- މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22 އަހަރު
- ޗަމޮދް ދިވަންގާ ދިލަކާވަ، 22 އަހަރު
- ލޮރެންސު ހުވޭގީ ސަރަތު، 56 އަހަރު
- ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ، 37 އަހަރު
އަތުލައިގަތް ޑްރަގްގެ މަގުމަތީ އަގަކީ އެއް ބިލިއަން ރުފިޔާ، ރައީސްގެ ޝުކުރު ތަންފީޒީ އިދާރާތަކަށް
އެމްއެންޑީއެފުން ވަނީ 23 ނޮވެމްބަރު 2024 ވީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން، ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއްއަތުލާފައެވެ.
ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓު އަތުލައިގަތުމަށްފަހު އެމްއެންޑީއެފުން ގެންދިޔައީ ހދ. ކުޅުދުއްފުށީ ސިޓީ އަށެވެ. އެއަށްފަހު ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓު ގާޑުން އާދީއްތަ ދުވަހުގެ ހެނދުނު ވަނީ ބޯޓު ބަލައި ފާސްކޮށްފައެވެ.
މި ބޯޓުން އަތުލި މަސްތުވާތަކެތީގެ ތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!