އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 33 މީހަކު ޝަހީދުވެފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަރުވި މީހުންގެ ޖުމުލަ އަދަދު 40،819 އަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 94،291 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލު ސިފައިން ހިންގި ގަތުލުއާންމުގައި 33 މީހުން ޝަހީދުކޮށް، 67 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު ތިބީ ކުނިތަކުގެ ދަށުގައި އަދި މަގުމަތީގައި ތާށިވެފައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އިޒްރޭލު ހަނގުރާމައަށް ގާތްގަނޑަކަށް 11 މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!