ހދ. ހިރިމަރަދޫ ރައްޔިތުން މާލެ ސަރަޙައްދަށް ހިޖުރަކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދަންނަވާފައިވާނެކަމަށް ހިރިމަރަދޫ ކައުންސިލުން ހާމަކޮށްފި އެވެ.
ހިރިމަރަދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބޯހިޔާވަހިކަމާއި، ރަނގަޅު ތަޢުލީމާއި ސިއްޙީ ނިޒާމް ފުރިހަމަކަމާއެކު ލިބޭނޭ ސަރަހައްދަކަށް އެރަށުގެ ރައްޔިތުން ބަދަލުވުމަށް ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލުހޯދަމުން އަންނަކަމަށެވެ.
"މިރަށު ރައްޔިތުންނަށް ސަރުކާރުން ހިއްކާ މާލެ ސަރަޙައްދު ރަށަކުން ނުވަތަ އަރބަން ޑިވެލޮޕްމަންޓުގެ ދަށުން ތަރައްޤީކުރާ މާލެ އަތޮޅު ސަރަހައްދަކަށް ބޯހިޔާވަހިކަމާއި، ބޯހިޔާވަހިކަމާއި، ރަނގަޅު ތަޢުލީމާއި ސިއްޙީ ނިޒާމް ފުރިހަމަކަމާއެކު ލިބޭނޭ ގޮތަށް ހައްދަވައި ދިނުމަށް މިކއުންސިލްއިން ވާނީ ރައީސްގެ އަރިހުން އެދިލައްވާފައެވެ."
ހިރިމަރަދޫ ކައުންސިލުން ނެރެނު އިޢުލާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ހިރިމަރަދޫ ކައުންސިލުން އަންނަނީ ރައްޔިތުންނާ މަޝްވަރާކޮށް، ޚިޔާލު ހޯދަމުންނެވެ. އަދި މިކަމާ ގުޅޭ އެހެނިހެން މަސައްކަތްތައްވެސް ކުރަމުން ގެންދާކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ހިޖުރަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ހިރިމަރަދޫ ކައުންސިލުން ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 9:30 ގައި އޮންލައިން މީޓިންގއެއް ބޭއްވުމަށް ހަމަޖައްސާފައެވެ. މި ބައްދަލުވުމަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ދަޢުވަތެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!