ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނުކުރުން މިރޭ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެކޮމިޝަނުން ބުނީ ދާއިރާތައް އިއުލާން ކުރުމާއި އަންހެނުންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުން މިރޭ 9:00 ގައި ހދ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި އޮންނާނެ ކަމަށެވެ.
ކޮމިޝަނުން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައި ވަނީ މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މި ރަސްމިއްޔާރު އޮންނާނީ މިރޭ 21:00 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައެވެ. މި ރަސްމިއްޔާތު އިލެކްޝަން ކޮމިޝަންގެ ޓްވީޓާ އަދި ފޭސްބުކް އިން ލައިވް ކުރެވޭނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދު، 10،000 މީހުން ހަމަވުމުންނެވެ.
LCE2020 ge kulhudhufushi city ge inthikhaabee dhaairaathah iulaan kurumai, anhenunnah khaassa dhaaira kanda elhumah baavvaa guruathu negun mirey 21:00 gai Hd.atholhu thauleemee marukazu hall ga onnaane. Mi rasmiyyaathu EC ge Twitter adhi FB in live kuraane.
— Elections Commission (@ElectionsMv) January 10, 2020
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަދި އަހުމަދު އަކްރަމް މީގެ ކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ. އެއީ އެއް މޭޔަރާއި ހަ ކައުންސިލަރުންނެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!