ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އިއްޔެ އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި ޒަހަމްވީ "ހިދުމަތް" ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ހައިޝަމްއަށެވެ. ހައިޝަމް އެކްސިޑެންޓުވީ ޑާކާއިން ޗިޓަގޮންގް އަށް ކާރުގައި ދަނިކޮށެވެ. އޭނާއަކީ ބަންގްލަދޭޝްގައި މިސްކިތެއްގެ ބިންގާ އެޅުމަށް އެ ގައުމަށް ދިޔަ ބޭފުޅެކެވެ.

Ad
rt

ހައިޝަމް އެކްސިޑެންޓުވީ އޭނާ ދަތުރު ކުރެއްވި ކާރު ޑާކާއިން ޗިޓަގޮންގް އަށް ދަތުރު ކުރަނިކޮށް ގަހެއްގައި ޖެހިގެންނެވެ. އިއްޔެ މި އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުން ކަމަށް ވެސް ހިދުމަތް ޖަމިއްޔާ އިން ބުންޏެވެ.

ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހޮސްޕިޓަލްގެ އިމަރޖެންސީގައި ދަނީ ފަރުވާދެމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާގެ ފައިގެ އޮޕަރޭޝަނެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިދުމަތް ޖަމިއްޔާއަކީ ދުނިޔޭގެ އެކިކަންޅޮތަކުގައި ތިބި ފަގީރު މުސްލިމުންނަށް އެހީ ދިނުމަށް ހަދާފައިވާ ޖަމިއްޔާއެކެވެ.