ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ.
ފުލުހުން ބުނީ، ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ، އަޙްމަދު ޢިޔާޝް ވަސީމްގެ ޢާއިލާ އަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
އެހެންކަމުން އަޙްމަދު ޢިޔާޝް ވަސީމް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މިގޮތުން އަޙްމަދު ޢިޔާޝް ވަސީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި އެކަން ހިއްސާކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ހަފުތާގެ ބުދަ ދުވަހު ވެސް ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން، އެކުއްޖާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެ ކުއްޖާ ވަނީ ހޯދަން އިއުލާންކުރި ދުވަހުގެ ރޭ ހެޔޮ ހާލުގައި މާލެއިން ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!