އަންނަ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ހިދުމަތް ތައާރަފް ކުރެވޭ ވަރު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ.
މ. ނައިޓްލައިޓް، އަބްދުﷲ އިނާން ވަނީ އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރާނީ ކޮން އިރަކުތޯ ސުވާލުކޮށްފައެވެ.
ރައީސްގެ ޖަވާބު
21 މާރިޗް 2024މާލެ ސިޓީ، މއ.ނައިޓްލައިޓް، ޢަބްދުﷲ އިނާން، އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްކުރުމުގެ އަދާހަމައެއް އޮޅުންފިލުވުމަށް އެދި ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/WLlDhn7ezL
— Government of Maldives (@governmentmv) March 21, 2024
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އީ-ވޮލެޓް ތައާރަފު ކުރުމާ ގުޅުންހުރި މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ މެއި މަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
އީޖާދީ ހިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން އީ-ވޮލެޓް ތައާރަފު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި ވޮލެޓާއެކު ޕޭޕާލް ފަދަ ޚިދުމަތްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކަށް މަގުފަހިވެގެންދާނެއެވެ.
ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް އާއި އީ-ވޮލެޓް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން މީގެކުރިން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!