ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގިތުގައި ވިޝާމް ނިޔާވެފައި ވަނީ ކުއްލިގޮތަކަށެވެ.
އޭނާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭގެ ފާޚާނާތެރެއަށް ވެއްޓިފައި އޮއްވައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ވިޝާމް ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ވިޝާމް އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން ގާނޫނީ ރޮނގުން މާސްޓަސް ހާސިލްކުރައްވާފައިވާ، ޗާޓާޑް އިންސްޓްޓިއުޓް އޮފް އާބިޓްރޭޓާސްގެ އެސޯސިއޭޓް މެންބަރެކެވެ.
ވިޝާމް އަކީ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!