ކުޅުދުއްފުށި ސިޓީން ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 25 އަށް އަރައިފިއެވެ.

ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ 14 ޑިސެމްބަރު 2023 ގައެވެ.

Ad
rt

އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން އިތުރު 2 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވިކަން 18 ޑިސެމްބަރު 2023 ގައި އެނގުނެވެ.

އެކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި އެރަށުގައި ސްކްރީން ކުރިއަށް ގެންދާއިރު، މިމަހުގެ 1 އިން 19 އަށް ކުރިއަށް ގެންދިޔަ ސްކްރީނިން އިން ޖުމްލަ 25 ބިދޭސީން ވަނީ ޕޮޒިޓިވްވެފައިކަމަށް އެޗްޕީއޭއިން މިއަދު ބުންޏެވެ.

''ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނެގެޓްވިވެފައި، މި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަ ކުރެވިފައި، މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން'' އެޗްޕީއޭއިން ބުންޏެވެ.

ފައިލޭރިއާ ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ކުރިއަށް

ފައިލޭރިއާ އަކީ އާންމުގޮތެއްގައި ''ކިއުލެކްސް'' ކިޔާ ބާވަތެއްގެ މަދިރީގެ ޒަރީރާއިން ޖެހޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާ ވަނީ އާންމުގޮތެއްގައި ހަޑިވެ ތަޣައްޔަރުވެފައި ހުންނަ ފެނުގައެވެ.

ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތް ނުފެނި ހުރުމުގެ ފުރުސަތު އޮންނައިރު، ދިގު މުއްދަތަށްފަހު ހަށިގަނޑުގެ އެކިތަންތަން ދުޅަވެ، ހަން ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.