ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށާއި މީހަކު އެދުނު ކަމުގައިވިޔަސް ގޮތް ނޭނގޭ އެކައުންޓް ތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރަނގަޅު މުސާރައަކާ އެކު، ރާއްޖެއިން ޕާޓް ޓައިމް ވަޒީފާ ދޭނެކަމަށްބުނެ ވަޓްސްއަޕް މެދުވެރިކޮށް ގުޅައި، ބެންކް އެކައުންޓުން ފައިސާ ފޮނުވަންބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

Ad
rt

މިކަންކަން ކުރަމުންދަނީ 13215762192(+) އަދި 1(940)279-2182(+) ނަމްބަރުން ވަޓްސްއަޕުން ގުޅައިގެންކަން ފުލުހުންގެ ތަހުގީގު ތަކަށް މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

މިގޮތަށް ގުޅައިގެން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު މީހުންގެ އަތުންވެސް ފައިސާ ހޯދާފައިވާކަން ފުލުހުންގެ ތަހުގީގު ތަކަށް މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށާއި އެއްވެސް ބޭފުޅެއްގެ އަތުން މިފަދަގޮތަކަށް، އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ބެލެވޭ ނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކޮށްދެއްވުމަށެވެ.