އައްޑޫ ސިޓީގައި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ އިދާރާ އިން ވިދާޅުވީ މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މި ތަމްރީނުތައް ކުރިއަށްދާނެ ކަމަށެވެ.
އެމްއެންޑީއެފް އިން ކުރިއަށް ގެންފާ ހާއްސަ އަސްކަރީ ތަމްރީނުތައް ކުރިޔަށްދާނީ އައްޑޫ ސިޓީ ގަމުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މި ތަމްރީނުތައް އޮންނާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ދަންވަރު 12:00 ޖަހަންދެން ކަމަށާއި މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެކަމަށް ވެސް ވިދާޅުވި އެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް
1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4600 މީޓަރު
3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ.ގަން
ތަމްރީނުތައް ހިނގަމުންދާ ދުވަސްވަރު އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!