ހދ. ހަނިމާދޫ ގައި ހުންނަ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ބަރަހަނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކުރި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ޗޭންޖިން ރޫމުގައި ސިއްރު ކެމެރާ ހަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ad
rt

ހަނިމާދޫގައި ހުންނަ މެޓް އޮފީހުގައި ތިން އަންހެން މުވައްޒަފަކާއި ހައެއްކަ ފިރިހެން މުވައްޒަފުން މަސައްކަތް ކުރާކަމަށް ވެއެވެ. އެ އިމާރާތަކީ ހަމައެކަނި މެޓް އޮފީހުގެ މުވައްޒަފުން ބޭނުން ކުރާ އިމާރާތެކެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އޮރިޔާން ކާޑު އުފެއްދުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެމެވެ. އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.