ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026" ގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އެލަޔަންސް ކްއީންސް ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ބާރަށު ކައުންސިލުން ހަމަޖައްސާފައިވާ 20،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑަލް ވަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޓީމާ ޙަވާލުކޮށްފައެވެ.

އަންހެން ޑިވިޜަންގެ ރަނަރަޕް މަޤާމު ވިއޯރާ ސުޕަރ ކުއީންސް ހޯދިއިރު، އެ ޓީމަށް ކައުންސިލުން ކަނޑައަޅާފައިވާ 10،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް ވެސް ވަނީ މި ރަސްމިއްޔާތުގައި ހަވާލުކޮށްފައެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންއެންމެ މޮޅު ފަސް ކުޅުންތެރިން (ބާރަށު ކައުންސިލް)

މި މުބާރާތުގެ ވަކިވަކި ކުޅުންތެރިންނަށް ދެވުނު އެވޯޑުތަކަށް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ފާޠިމަތު ލަމްޝާއެވެ. މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް އާމިނަތު އަރީޝާ ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމް ޙާޞިލްކުރީ ސާރާ މުޙައްމަދެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ފާޠިމަތު ލަމްޝާއެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ފާޠިމަތު ލަމްޝާ (ބާރަށު ކައުންސިލް)

މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ވެސް ވަނީ ހޮވާފައެވެ. އެ ކުޅުންތެރިންނަކީ ފާޠިމަތު ލަމްޝާ، އާއިޝަތު އިނާން، މަރިޔަމް ހައިފާ، އާމިނަތު އަރީޝާ އަދި ރިފްޝާ ރަޝީދެވެ.

ޖުމްލަ 3 ޓީމަކުން ވާދަކުރި މި މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަޤާމް ޙާޞިލްކުރީ ކެޕިޓަލް ސްޕޯޓްސް ކްލަބެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ސަޕޯޓަރަކަށް އަލީ ޒާހިރު ހޮވިފައިވާއިރު، ނިންމުމުގެ ރަސްމިއްޔާތުގައި އޭނާއަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޜަންގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހދ. ނޮޅިވަރަމް ކައުންސިލްގެ މެމްބަރު މަރިޔަމް ހަބީބެވެ.