ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026" ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ކެޕިޓަލްސް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ބާރަށު ކައުންސިލުން ކަނޑައަޅާފައިވާ 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީގެ އިތުރުން މެޑަލް، މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަނީ ޙަވާލުކޮށްފައެވެ.
މި މުބާރާތުގެ ރަނަރަޕް ޓީމުތަކަށް ކައުންސިލުން ދިނުމަށް ކަނޑައެޅި 10،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް ވެސް ވަނީ މި ރަސްމިއްޔާތުގައި ދީފައެވެ. އެގޮތުން ފިރިހެން ޑިވިޜަންގެ ރަނަރަޕް މަޤާމު ހޯދީ ވިއޯރާ ސްޕޯޓްސް ކްލަބެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މާއިޒް (ބާރަށު ކައުންސިލް)މުބާރާތުގެ ފިރިހެން ޑިވިޜަންގައި ޖުމްލަ 10 ޓީމެއް ވާދަކޮށްފައިވާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލްކުރީ މުޙައްމަދު މާއިޒެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް މުޙައްމަދު މިޞްބާޙް ހޯދިއިރު، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޢަބްދުﷲ އަޙްޝަމްއެވެ.
އެންމެ މޮޅު ފަސް ކުޅުންެތެރިން (ބާރަށު ކައުންސިލް)މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އިބްރާހީމް ސިމާހް، އަޙްމަދު ޝަޒީމް، ހަސަން ޝާދިން، މުޙައްމަދު މާއިޒް އަދި ހަސަން ޚަލީލެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ސަޕޯޓަރަކަށް އަލީ ޒާހިރު ހޮވިގެން އޭނާއަށް ޓްރޮފީ ޙަވާލުކޮށްފައިވެއެވެ.
މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވަނަތަކަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމުތައް ޙަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!