ށ. މިލަންދޫ ކައުންސިލުން އެ ރަށުގެ ޞިއްޙީ މަރުކަޒަށާއި ޕޮލިސް ސްޓޭޝަނަށް 70 އިންޗީގެ ޓީވީ ހަދިޔާކޮށްފިއެވެ.
މިލަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މުއައްސަސާއަށް ޓީވީ ހަދިޔާކޮށްފައިވަނީ އެ ކައުންސިލްގެ ހިލޭ އެހީގެ ދަށުންނެވެ.
އެ ކައުންސިލުން ބުނީ، މި އެހީގެ ދަށުން ދެ މުއައްސަސާއަށް ވެސް ހަދިޔާކޮށްފައިވަނީ 70 އިންޗީގެ ބޮޑެތި ޓީވީ ކަމަށެވެ.
މި އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
އެގޮތުން، މި އެހީގެ ސަބަބުން މިލަންދޫ ޞިއްޙީ މަރުކަޒާއި ޕޮލިސް ސްޓޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ސަރުކާރުގެ އިދާރާތަކުން ރަށު ފެންވަރުގައި ދެމުން އަންނަ ޚިދުމަތްތައް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުމަކީ ކައުންސިލުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!