ހދ. ނައިވާދޫ ކައުންސިލުން ތައްޔާރުކޮށްފައިވާ، ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީ ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ނައިވާދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ލިންކް މެދުވެރިކޮށް، 2026 ޑިސެމްބަރ 05 ވާ ދުވަހު ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން ޚިޔާލު ހުށައެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
މީގެއިތުރުން ކައުންސިލުން، 2027 އިން 2031ގެ ތަރައްޤީގެ ޕްލޭން ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ފަސް ޓާގެޓް ކަނޑައަޅާފައިވާ އެ ޕްލޭންގައި، ނައިވާދޫއަކީ އަމާން، އެއްބައިންތަ އަދި ހުނަރުވެރި، ނަލަނަލަ ރަށަކަށް ހެދުމަކީ ކައުންސިލްގެ އަމާޒެކެވެ. އެހެންކަމުން، އެކަން ޙާޞިލު ކުރުމަށްޓަކައި، މައިގަނޑު 06 އިސްތިރާޖީ އަމާޒެއްގެ އެ ޕްލޭންގައި ކަނޑައަޅާފައިވެއެވެ.
އޭގެތެރޭގައި، ރަށްވެހި ޚިދުމަތާއި ޢުމްރާނީ ވަޞީލަތްތައް، ލޯކަލް ޓޫރިޒަމާއި ރަށުގެ އިޤްތިޞާދީ ތަރައްޤީ، ތިމާވެށި ރައްކާތެރިކުރުމާއި ކުނި މެނޭޖު ކުރުމުގެ އިތުރުން ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙަތު ހިމެނެއެވެ. އަދި އިޖްތިމާޢީ ދުޅަހެޔޮކަމާއި ހިންގުން ހަރުދަނާކުރުމާއި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުން ވެސް އެ ޕްލޭންގައި ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!