މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދިޔަ ނިޔަމި ކޯސް 2 ނިންމާލައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މަހުގެ 15 އިން 17 އަށް 30 ގަޑިއިރުގެ ތަމްރީނާއެކު ކުރިއަށްގެންދިޔަ މި ކޯސް، ޖުމްލަ 35 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
މި ކޯސް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ސަނަދު ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ހާމަކުރެއެވެ.
ނިޔަމި ކޯހަކީ ކަނޑު އުޅަނދުފަހަރު ދުއްވުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާ އަސާސީ އަދި ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ރާއްޖޭގައި ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!