ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ އުދައެރުމުގެ ފުރުޞަތު އެބައޮތް ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
މިރޭ ފަތިހު 05:00 ޖެހުމާއި ހަމަޔަށް ހުދު އެލާޓު ނެރެފައިވާއިރު އުދަ އެރުމުގެ ފުރުޞަތު އޮތް ކަމަށް ލަފާކޮށްފައިވަނީ މިރޭ 12:30 އާއި ފަތިހު 4:00 ޖެހުމާއި ހަމައަށެވެ.
Alert White for swell wave surges pic.twitter.com/AgSFSRNOz7
— Maldives Meteorology (@MetMaldives) October 29, 2019
މޫސުން ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ އަތޮޅުން އައްޑޫ ސިޓީ އާއި ހަމައަށެވެ. މިހިސާބަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާ ގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ހާމަކޮށްފައި ވެއެވެ.
މެޓު އޮފީހުން ދެންމެ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ސްރީލަންކާ އާއި ރައްޖެއާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!