•  
  •  
  •  
  •  
  •  
  •  

ލުބްނާނުގައި މިހާރު ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން ބޮޑު ވަޒީރު ސާދު ހަރީރީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލުބްނާނުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގައި  ބޮޑު ވަޒީރު ސާދު ހަރީރީގެ އިސްތިއުފާ އަށް ގޮވަމުންދަނިކޮށް ހަރީރީ ވަނީ އިސްތީއުފާ ދެއްވައި އޭނާގެ ކެބިނެޓުވެސް އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. ހަރީރީ އިސްތިއުފާ ދެއްވާފައި މިވަނީ މުޒާހަރާ ކުރަމުން އަންނަތާ ދެ ހަފްތާ ވެފައި ވަނިކޮށެވެ.

ލުބުނާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން އެގައުމުގެ ރައްޔިތުން ނިކުތީ ހަރީރީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކޮރަޕްޝަން އިތުރުވެގެން ދިއުމާއި ގުޅިގެންނެވެ. އަދި އެގައުމުގެ ދައުލަތުގެ ބަޖެޓުން އަމިއްލަ ކަންކަމަށް ހަރަދު ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކެއް ކުރުމުންނެވެ. ނަމަވެސް އެގައުމުގައި ހަރަކާތްތެރިވާ ހިޒުބުﷲ ޖަމާއަތުން ވަނީ ހަރީރީ މަގާމުން އިސްތިއުފާ ނުދެއްވުމަށް ގޮވާލާފައިވާއިރު މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށްގެން އެ ޖަމާއަތުން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ހަރީރީ އިސްތިއުފާ ދެއްވީ މުޒާހަރާތަކާ ގުޅިގެން އެ ގައުމު ހާލަތު ގޯސްވެ، ހަމަނުޖެހުންތަށް އިތުރުވެ އިތުރަށް އޭނާއަށް ގައުމު ނުހިންގޭ ވަރު ވުމުންނެވެ. އިސްތިއުފާ ދެއްވީ އެއީ އާއްމުން ބޭނުންވާ ގޮތް ކަމަށްވާތީ ކަމަށް ހަރީރީ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ