ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޕްރިމިއަރ ލީގުގެ މެޗުތައް ދިރާގު ޓީވީން ނުދައްކަން ނިންމައިފިއެވެ.

އިއްޔެ ފެށި މި ލީގަކީ ފުޓްބޯޅަ ބަލާ މީހުން އިންތިޒާރު ކުރަމުން އައި މުބާރާތެކެވެ. ދިރާގު ޓީވީއަކީ މިފަދަ މުބާރާތްތައް ކުރިން ދެއްކި ހިދުމަތެއް ނަމަވެސް މިފަހަރު ނުދައްކަން ނިންމުމަކީ ގިނަ ބަޔަކު މާޔޫސްވެގެންދާނެ ކަމެކެވެ.

Ad
rt

މިފަދަ މެޗުތައް ދިރާގުޓީވީން ދައްކާތީ އެ ޚިދުމަތައް ގިނަ ބަޔަކު ވަނީ ސަބްސްކްރައިބްވެސްކޮށްފައެވެ. މިއީ ކަސްޓަމަރުންނަށް ލިބުނު ދެރައެއްކަން ދިރާގުގެ ގިނަ ކަސްޓަމަރުން ފާހަގަކުރެއެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ދިރާގުޓީވީގެ އެއްވެސް ޗެނަލަކުން ޕްރިމިއަރ ލީގު ނުދައްކާނެ ކަމަށެވެ.