ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 5 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ޓީމް ނޮޅިވަރަމް އާއި ޓީމް ފިނޭއެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ.
މެޗުގެ ފުރަތަމަ ސެޓު ޓީމް ނޮޅިވަރަމް އިން ކާމިޔާބު ކުރީ 16-25 އިން ނެވެ. ދެވަނަ ސެޓު ޓީމް ނޮޅިވަރަމް އިން 20-25 އިން ކަމާިޔާބުކުރިއިރު މެޗުގެ 3 ވަނަ ސެޓު އެޓީމުން އިން ކާމިޔާބުކުރީ 15-25 އިން ނެވެ. ފަސޭހަކަމާއިއެކު ޓީމް ނޮޅިވަރަމް އިން މި މެޗު ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ނޮޅިވަރަމް ގެ އާދަމް ނަސީމް އެވެ.
މުބާރާތުގެ 6 ވަނަ މެޗު ކުޅެފައިވަނީ ރޭ 20:00 ގައޮ ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައެވެ. މި މެޗުގައި ބައްދަލުކުރީ ޓީމް ކުޅުދުއްފުށި އަދި ވައިކަރަދޫ ވިޔެސް އެވެ. މިމެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކުރީ ޓީމް ކުޅުދުއްފުށި އެވެ. މެޗުގެ ފުރަތަމަ ސެޓު 19-25 އިން ޓީމް ކުޅުދުއްފުށިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓުގައި ވިޔެސް އިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ސެޓު 21-25 އިން ކާމިޔާބުކުރީ ވައިކަރަދޫ ވިޔެސް އެވެ. މެޗުގެ 3 ވަނަ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މި ސެޓު ޓީމު ކުޅުދުއްފުށިން ކާމިޔާބު ކުރީ 22-25 އިން ނެވެ. މެޗުގެ 4 ވަނަ ސެޓު 20-25 އިން ކާމިޔާބު ކޮށް މެޗު ކާމިޔާބުކުރީ ޓީމް ކުޅުދުއްފުއްޓެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މުބާރާތުގައި ޓީމް ކުޅުދުއްފުއްޓަށް ކުޅެމުން އަންނަ ކުރީގެ ގައުމީ ވޮލީބޯލް ޓީމުގެ ކެޕްޓަން އަޙްމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ.
މި މުބާރާތުގެ 2 މެޗު މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 16:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ފިނޭ އަދި ޓީމް ކުޅުދުއްފުށި އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫ އަދި ނޮޅިވަރަމް ސްޕޯޓްސް ކްލަބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!