ހދ.ހަނިމާދޫގައި ހިންގަމުން އަންނަ ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓްހައުސްގެ ފަރާތުން އެތަނުގައި "ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ" ގެ ނަމުގައި ކެފޭއެއް ހުޅުވައިފިއެވެ.

ހަނިމާދޫ އުތުރު އަވަށު ބީޗްގެ ހިތްގައިމު ސަރަހައްދާއި ކައިރީގައި ހަދާފައިވާ، ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓް ހައުސްއިން މިހާރު ވެސް އަންނަނީ ފަތުރުވެރިންގެ އިތުރުން ލޯކަލްއަށް ވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

Ad
rt

ގެސްޓް ހައުސްއާއި ގުޅުވައި ހަދާފައިވާ މި ކެފޭ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވާފައިވާއިރު، ކެފޭގެ ޚިދުމަތް އާންމުކޮށް އެންމެހާ ފަރާތްތަކަށް ވަނީ މިހާރު ހުޅުވާލާފައެވެ. ކެފޭ ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރުން ފެށިގެން އެތަނަށް ޒިޔާރަތްކޮށް އެ ހިތްގައިމު މާހައުލު ތަޖުރިބާކޮށް ހިލޭ ކޮފީ ބުއިމުގެ ފުރުޞަތު ވަނީ ގިނަބަޔަކަށް ފޯރުކޮށް ދީފައެވެ.

މިވަގުތު ނެސްކެފޭއާއި އިލީގެ އިތުރުން ލަވާޒާގެ އެކިފްލޭވާތައް ލިބެންހުރި އެ ކެފޭގައި ކުރިއަށް އޮތްތަނުގައި އިތުރު ވައްތަރުގެ ކޮފީތައް ތަޢާރަފް ކުރެވިގެންދާނެ ކަމުގައި އެތަނުގެ މެނޭޖުމަންޓު މަޢުލޫމާތު ދެއްވައެވެ.

ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓްހައުސްގެ އިތުރުން އެ ކެފޭގައި ވެސް އެއްވެސް ވަރަކަށް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރެވެއެވެ. ކެފޭގައި މުޅިންވެސް ތިބީ ޓްރެއިންޑް ދިވެހި މުވައްޒަފުންނެވެ.

ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އަށް ހުޅުވާފައި ހުންނަ މި ކެފޭގެ ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމުގައި އެތަނުގެ މެނޭޖުމެންޓުން މަޢުލޫމާތު ދެއްވައެވެ.