މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިން ހޮވައިފިއެވެ.

1443 ވަނަ އަހަރުގެ މޮޅަދޫ ޢީދު ކާނިވަލަށް ވަނުމުގެ ޓިކެޓް ނެގި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިންނަށް ހޮވިފައި ވަނީ ފާތުމަތު ނިޔާޒާ އާއި ލޫތު އަބްދު الله ވަހީދު އެވެ.

Ad
rt

މޮޅަދޫ ކައުންސިލުންވެސް ވަނީ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް މަރުހަބާ ކިޔާ ފައެވެ.

މީގެއިތުރުން މޮޅަދޫ ޢީދު ކާނިވަލުގެ ނަސީބުވެރިންނަށް ދެވުނު އަގުހުރި އިނާމް ސްޕޮންސަރ ކޮށްދެއްވާފައި ވާތީ ހއ އިހަވަންދޫ ބާބެކިޔު ހަޓުގެ މެނޭޖްމަންޓަށް މޮޅަދޫ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވީ އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރުގެ ޢީދުގައި ތަފާތު އެތައް ކަމެއް މޮޅަދޫގައި ކުރިޔަށް ގެންދާ ކަމަށެވެ.

މިއަހަރު މޮޅަދޫގައި ކުރިޔަށް ގެންދާ ޢީދު ކުޅިވަރު ތަކުގެ ތެރޭގައި ވަރަށް ޚާއްޞަ ބިރުވެރި ހޮހޮޅައަކާއި އެނބުރޭ އުނދޯއްޔެއްވެސް ހިމެނެއެވެ.