ހދ ކުރިނބީ ސްކޫލްގައި 5 ކްލާސް ރޫމާއި ސްޓާފް ރޫމެއް އެޅުމަށް ވީ އަވަރ އިންވެސްޓްމެންޓާއިއެކު މިއަދު ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ވީ އަވަރ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރު ފާތިމަތު ލައިސާ ލަތީފެވެ.
ހދ. ކުރިނބީ ސްކޫލްގެ 5 ކްލާސްރޫމް އަދި ސްޓާފްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުން.@aisthly pic.twitter.com/X0gM6PdsWE
— Ministry of Education (@MoEdumv) October 23, 2019
360 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ -/4500070 ރުފިޔާ (ހަތަރު މިލިއަން ފަސްލައްކަ ހަތްދިހަ ރުފިޔާ) އެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފަހުކޮޅު އިމާރާތް މުޅިން ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
ޕީއެސްއައިޕީގެ ދަށުން ހިންގާ މި ޕްރޮޖެކްޓު ނިމުމުން ސްކޫލްގެ ޖާގައިގެ ދަތިތަށް ހައްލުވެ އިތުރު ފަސޭހަތަކެއް ވެގެންދާނެއެވެ. ކުރިނބީ ސްކޫލްގައި ގްރޭޑް 8 އުފެދުނީންސުރެ ސްޓާފް ރޫމެއްގެ ގޮތުގައި ބޭނުންކުރުމުން ދަނީ ކްލާސް ރޫމެކެވެ. އަދި ޓީޗަރުން ބޭނުންކުރާނެ ފާޚާނާއެއް ނެތިގެން މިސަކުވާ އަކީ ރަށަށް ވަޑައިގަންނަވާ އެކިއެކި ސަރުކާރުގެ އިސްވެރިން ކައިރި ސްކޫލުންނާއި ރަށު ކައުންސިލުން ކުރަމުންދާ ސަކުވާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!