ށ. ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކޮށްފިއެވެ.
މިކަމަށްޓަކާ ނޫމަރާ ކައުންސިލުން ކުރެއްވި އިޢުލާނެއްގައިވަނީ ނޫމަރާ ކައުންސިލުގެ އާ ޢިމާރާތް އަޅަން ޖެހޭނީ އެ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ކަމަށެވެ.
އެހެންކަމުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1000.00ރ (އެއްހާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށާއި، 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 08:00 ން ފެށިގެން 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ދެމެދު ނޫމަރާ ކައުންސިލް އިދާރާއަށް ވަޑައިގެން، ނުވަތަ ކައުންސިލުން ޢާއްމު ކޮށްފައިވާ އޮންލައިން ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވުމަށް ނޫމަރާ ކައުންސިލުން އެދިފައިވެއެވެ.
މިކަމަށްއެދި ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކަށް " ބީލަން ހުށައަޅާ ފޯމް" ނޫމަރާ ކައުންސިލް އިދާރާއިން ދޫކުރާއިރު، ބީލަން ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓް ކުރުމުގައި ބޭނުންކުރާނެ އުޞޫލުތައް ވެސް ލިބޭނެ ކަމަށް ނޫމަރާ ކައުންސިލުގެ އިޢުލާނުގައި ބުނެފައި ވެއެވެ.
ނޫމަރާ ކައުންސިލް އިދރާ ހިންގާ ޢިމާރާތަކީ ވަރަށް ގިނަ ދުވަސްވެ ބައުވެ ހަލާކުވަމުންދާ ޢިމާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!