ދިރާގު ޓީވީގެ ސިސްޓަމްއަށް ކުޑަ މައްސަލައެއް ޖެހިގެން "ބުދު ދީނުގެ ޕްރޮގުރާމެއް" އެޓީވީގެ ކޯމް ޕޭޖުގައި ރެކޮމެންޑޭޝަން ލިސްޓަށް އަރައިފި އެވެ.

ދިރާގު ޓީވީގެ ލައިވް ޓީވީ ރެކޮމެންޑޭޝަން ނުވަތަ ބަލާލަން ބޭނުންވެދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ބުދު ދީނަށް ނިސްބަތްވާ ޕްރޮގްރާމެއް ޕްރޮމޯޓްކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މީސް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ad
rt

މިކަމާއި ގުޅިގެން މިނޫހުން ދިރާގުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް ދިރާގުން ހަދާފައިވާ ވައިބަރ ގުރޫޕްތަކުގެ އެޑްމިންގެ ގޮތުގައި އަދި ދިރާގުގެ ހަބަރުތައް ހިއްސާ ކުރަމުންމިހާރު އަންނަ ފަރާތާއި ގުޅުމުން ބުނީ ދިރާގުގައި މަސައްކަތް ނުކުރާކަމަށެވެ.

ނަމަވެސް ހަމަ އެފަރާތުން ދުވަހު ނޫސް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ބުނީ، ދިރާގުން އަބަދުވެސް އެފަދަ ކަންކަން ބަލަހައްޓަމުން ދަނީ ވަރަށް ހަރުކަށި ގަވާއިދުތަކެއްގެ ދަށުންކަމަށާއި، އެފަދަ އެއްވެސް ޕްރޮގްރާމެއް ރެކޮމެންޑޭޝަން ލިސްޓުން ފެންނަ ނަމަވެސް އެ ޕްރޮގްރާމެއް ބުލޮކް ކުރަމުންދާކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމް އެ ލިސްޓުގައި އިނުމަކީ އެކަންތައް މެނޭޖުކުރުމަށް ކަނޑައެޅިފައިވާ ސިސްޓަމްގެ ތެރޭގައި ކުޑަ މައްސަލައެއް ޖެހިގެންވީ ކަމެއް ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

“އަޅުގަނޑުމެން އެފަދަ ކަންކަން މެނޭޖް ކުރަމުން ދަނީ ވަރަށް ސްޓްރިކްޓް ރޫލްސް ތަކެއްގެ ތެރެއިން. އެކަހަލަ އެއްވެސް ޕްރޮގްރާމެއް ފެންނަން އިންނަމަ ވަގުތުން ބްލޮކްކުރަމުންދާނީ އޭތި. އެގޮތަށް ނުވެފަ އެއިނީ ސިސްޓަމް ގްލިޗް އެއްގެ ސަބަބުން. އެކަންތަ އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން."

ދިރާގުން ބުންޏެވެ.

މީގެ އިތުރުން ވެސް، މިފަދަ އެއްވެސް ކަމެއް ދިރާގު ޓީވީން ފެނި، އެކަހަލަ މައްސަލަ އެއް ފެންމަތިވެއްޖެ ނަމަ، އެކަން އެ ކުންފުނީގެ ސަމާލުކަމަށް ގެނައުމަށްވެސް ދިރާގުން އެދެއެވެ.

އިއްޔެ ދިރާގު ޓީވީގެ ލައިވް ޓީވީގެ ހޯމް ޕޭޖުގެ ރެކޮމެންޑޭޝަން ލިސްޓު ތަކުން ފެނުނު މިޕްރޮގްރާމްއަކީ ހިންދޫ ދީނުގެ މީހުންގެ ކަލާނގެއަކަށް ހަދައިގެން އުޅޭ ބުދަކާއި ގުޅޭ ޕްރޮގްރާމެކެވެ.

ދިރާގު ޓީވީގެ ހޯމް ޕޭޖުގައި މިފަދައިން ރެކޮމެންޑޭޝަން ލިސްޓުގައި ބުދުދީން ޕޮރޮމޯޓްކުރާ ޕްރޮގުރާމެއް އިނުމަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެކެވެ. އަދި މިފަދަ އެހެނިހެން ދީން ތަކުގެ ދީނީ ޕްރޮގްރާމްތައް ދެއްކުމަކީ ބްރޯޑްކާސްޓިން ގަވާއިދުގައިވެސް މަނާ ކަމެކެވެ.

ރާއްޖޭގައި ކޭބަލް ޓީވީ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ފޮނުވާ ޗެނަލްތަކުން ބުދު ދީން ނުވަތަ އެހެނިހެން ދީން ތަކުގެ މަންޒަރާއި އަޑު ހިމެނޭ ޕްރޮގުރާމްތައްވެސް ފޮނުވައެވެ. ނަމަވެސް ދިރާގުން ކޮންޓުރޯލް އޮންނަ ދިރާގު ޓީވީގެ ހޯމްޕޭޖުގައި މިފަދަ ކަމެއް ރެކޮމެންޑްކޮށް "ބަލާލަން ބޭނުންތޯ" ބުނެ ޕްރޮމޯޓް ކޮށްފައިވާތީ ގިނަބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.